ބުދަ20180919

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ޖިންސީ ޙަޔާތް ހީވާގިކޮށްލުމަށް ރާއްޖެތެރެއަށް ޖެހިލާށެވެ.

ޖިންސީ ޙަޔާތް ހީވާގިކޮށްލުމަށް ރާއްޖެތެރެއަށް ޖެހިލާށެވެ.

maldives island lifeރަށްފުށުގެ ހިސާބަކަށް ދިރިއުޅުން ބަދަލުކޮށްލުމަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެލައްވައެވެ. ނަމަވެސް މީގެ އިތުރު ފައިދާއެއް ވަރަށްފަހުގެ ދިރާސާއަކުން ވަނީ ހޯދިފައެވެ. މި ދިރާސާ ދައްކާ ގޮތުން ރަށްފުށަށް ދިރިއުޅުން ބަދަލުކޮށްލުމުން ޖިންސީ ޙަޔާތަށް އިތުރު އާރޯކަމެއް ލިބިދެއެވެ.

''ކަންޓްރީ ލިވިންގ މެގަޒިން'' ކިޔާ މަޖައްލާއަކުން ނެރުނު އަލަށް ކުރި ދިރާސާއެއް ބުނާގޮތުން، ފެހި ވެއްޓަކަށް ތިމާ ބަދަލުވުމުން ޖިންސީގުޅުން ހިންގުމުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ.

ސަހަރުގައި ކުރިން ދިރިއުޅެފައި، ރަށްފުށަށް ބަދަލުވީ ވަރަށް ގިނަ އަންހެނުން މި ދިރާސާގައި ބައިވެރިވެފައިވެއެވެ. އެ މީހުން ކަށަވަރުކޮށްދޭ ގޮތުގައި، ދިރިއުޅުން ރަށްފުށަށް ބަދަލުކުރިފަހުން އެމީހުންގެ ޖިންސީ ޙަޔާތް އިތުރަށް ތާޒާވެއްޖެއެވެ.

 

އޭގެ ތެރެއިން 41% އަންހެނުން ބުނާގޮތުން، އެމީހުން ސަހަރު ދޫކުރިފަހުން ޖިންސީ ޙަޔާތުގެ ރަހަ އިތުރަށް ފޮނިވެއްޖެއެވެ. އަދި 39% މީހުން ބުނާގޮތުން އިތުރަށް ރަނގަޅުވީ އެމީހުން ޖިންސީގުޅުން ހިންގާ ގޮތާއި، އެކަމުން އަރާމު ލިބިގަނެވޭ ނިސްބަތެވެ.

ހަމަ އެފަދައިން މި ދިރާސާގައި ބައިވެރިވީ ކޮންމެ 5 މީހަކުން 4 މީހުން ދެކޭގޮތުގައި، އެ މީހުން ރަށްފުށަށް ދިރިއުޅުން ބަދަލުކުރިފަހުން ދިރިއުޅުމުގެ ހުރިހާ ކަމެއްހެން ރަނގަޅުވެއްޖެއެވެ. އެގޮތުން ސިއްޙީ ވެއްޓެއްގައި ދިރިއުޅެވޭތީ، ދިގު މުއްދަތެއްގައި ދިރިހުރެވޭނެ ކަމުގެ އުއްމީދު ވެސް އިތުރުވެއްޖެކަމުގައި އެމީހުން ބުނެފައިއެވެ.

ދެމަފިރިންގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް ގިނަ ދިރާސާތައް ވަނީ ކުރެވިފައެވެ. މިގޮތުން ކަމުގެ ތަޖުރިބާކާރުން ވަނީ ވަރަށް ގިނަ އަގުހުރި ނަސޭޙަތްތައް ދެއްވާފައެވެ. މިއިން ކޮންމެ ދިރާސާއެއްވެސް ކަށަވަރުކޮށްދޭގޮތުން ޒަވާޖީ ޙަޔާތެއްގައި ޖިންސީ ގުޅުމަކީ ވަރަށް މުހިއްމުކަމެކެވެ. ވީމާ އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަން ބޭނުންވާ ކޮންމެ ދެމަފިރިއަކުވެސް މި މުހިއްމު ބަޔަށް އިހުމާލުވެގެން ނުވާނެއެވެ.

ހަމަ އެފަދައިން މިޒަމާނުގެ ޢިލްމީ ދިރާސާތަކުން ހާމަވާ ގޮތުގައި ޖިންސީގުޅުމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެ މީހަކުވެގެން ކުރިމަތިލާ މުޤާބަލާއެއް ނޫނެވެ. މި ގުޅުމުގެ ޙަޤީޤީ އުފަލާއި އަރާމު ލިބިގަނެވޭނީ ލޯތްބާއި އޯގާތެރިކަން އެކުލެވިގެންނެވެ. މިފަދައަކުން ގުޅުން އޮންނަ ނަމަ ކާވެނީގެ ގޮށް އިތުރަށް ވަރުގަދަވެ ޒަވާޖީ ޙަޔާތް ހަރުދަނާވެ އިސްތިޤްރާރު ވާނެއެވެ.

މިގޮތުން، ޙަޔާތުގެ ތަސްވީރުގައި ވިއްސާރަދުނީގެ ހިތްގައިމު ކުލަ ޖައްސާލުމަށް އެހީތެރިވެދޭނެ ބައެއް ނަސޭޙަތްތައް، ތަޖުރިބާކާރުން ވިދާޅުވާގޮތަށް ބަޔާންކޮށްލާނަމެވެ. މިއީ އަނބިންނަށް މުޚާތަބުކުރެވިފައިވާ ނަސޭޙަތްކޮޅެއް ކަމުގައި ވިޔަސް މީގައި ހިމެނޭ ކޮންމެ ކަމަކީވެސް ފިރިންނަށްވެސް، އިސްނަގައިގެން ކުރެވި ދާނެ ކަންކަމެވެ.

* ބައްދަލުވުމަށް އެކަށޭނަ މާޙައުލެއް އުފައްދާށެވެ.

ހިމޭން ރީތި މިޔުޒިކެއް ޖަހާށެވެ. މާޙައުލަށް ހުވަފެނީ ގޮތް އިތުރުކޮށްލުމަށެވެ. ހަމަޖެހުމާއި އަރާމު އިޙްސާސްވާނެއެވެ.

* ފިރިހެނުންގެ ހިތުގެ ދޮރާއްޓަކީ އެމީހުންގެ ބަނޑެވެ. އެ ދޮރާށިން ވަންނާށެވެ.

ބައިވެރިއާ އާއި އެކު "ހީވާގި" ރެއެއް ހިތްގައިމު ކަމާއެކު ހޭދަކޮށްލުމަށް ރާވާފައި ވާނަމަ، ފިރިމީހާ ކުޅުދިޔާވާ ކަހަލަ މީރު ކާތަކެތީގެ ސުފުރާއެއް ތައްޔާރުކޮށްލާށެވެ. ކަލާގެ އަތުން ތައްޔާރުކޮށްފައި ފިރިމީހާއަށް ދަޢުވަތުދޭށެވެ.

* އޭނާގެ ސަމާލުކަން ދަމައިގަންނާށެވެ.

ރީތި، ނިކަން އަސަރުގަދަ ހެދުމެއް އިޚްތިޔާރުކުރާށެވެ. އަދި މަތިހެދުމުގައި މާ ގޮތްބޮޑު ނުކުރާށެވެ. މާ ވަސްގަދަ އަތަރެއްގެ ބަދަލުގައި ހިތްދަމައިގަންނަ ފަދަ އޮމާން ވަހެއް ހުންނަ ހުވަނދެއް ބޭނުންކުރާށެވެ.

* ވީހާވެސް ރޮމޭންސީ ވާށެވެ.

ލޯތްބަށް އެންމެ އެކަށީގެންވާ ޖައްވެއް އުފެއްދުމުގައި، ޚިޔާލު ތަނަވަސް އުފެއްދުންތެރިއަކަށް ވާށެވެ. ޚާއްސަ ވަގުތުކޮޅަށްޓަކައި ހަނދުވަރުގައި ހުންނަ ފަދަ ޝާޢިރީ އައްޔެއް ބޭނުންކުރާށެވެ. އުއްބައްތިއަކީ މިފަދަ ލޯބީގެ މާޙައުލުތަކުގައި ވަރަށް ހިނގާއެއްޗެކެވެ. ފިރިމީހާ އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ނަފްސާނީގޮތުން ވެސް ތައްޔާރުވެގެން އިންނާށެވެ.

* ދުވާލުގެ މައްސަލަތައް އިހަށް ހަނދާން ނައްތާލާށެވެ.

ފިރިމީހާއާ އެކު ދުވާލު ޖެހޭ ކުދިކުދި މައްސަލަތައް އެއްފަރާތްކޮށްލާށެވެ. އަދި މި ވަގުތުކޮޅަކީ ހަމައެކަނި ލޯބީގެ ހުޅުގަނޑު އާރޯކުރަން ޚާއްސަ ވަގުތެއް ކަމުގައިވެސް ހަދާށެވެ. ބުރަ މާދަމާއަކަށް އެކަށީގެންވާ ގޮތެއްގައި އެއިރުން ކުރިމަތިލެވޭނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.