ދެމަފިރިން
ރީތީގެ ރާނީއަކާ ކައިވެނި ނުކުރާތީ!
- ތަރުޖަމާ: އިސްމާޢީލް ނާޖީ
- 29 އޮކްޓޯބަރު 2005
އަހަރެންގެ ދުވަސްވީ ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭރު އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން ދެނެގަންނަން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް އުޅޭހެންވެސް ހީވިއެވެ. އެހެންވެ، ވެގެން އުޅޭގޮތެއް ކިޔައި ދިނުމަށް އެދުނީމެވެ. ޖަވާބުގައި ބުނީ އެއްވެސް ކަމެއް ނުވާކަމަށެވެ. ދެން ބުނީ ބުނަން ޖެހިލުންވާ ކަމަށެވެ.
ބުނަން ފަސްޖެހުމަށް ފަހު އެންމެފަހުން ބުންޏެވެ. ''ތީ އަހަރެންގެ އިތުބާރު ހުރި ގާތް ރަޙްމަތްތެރިއަކަށް ވާތީ މި ބުނަނީ... އަދި ކަލޭގެ މަޝްވަރާއަކީ މިކަހަލަ ކަންތަކުގައި ރަނގަޅު
ޚިޔާނާތްތެރި ވުން އަދި އޭގެ ސަބަބުތައް.
- އިސްމާޢީލް ނާޖީ
- 26 ނޮވެމްބަރު 2004
ކައިވެނީގައި ގިނަފަހަރަށް ޚިޔާނާތްތެރި ވަނީ ފިރިންނެވެ. އަދި ހުރިހާ މުޖްތަމަޢެއްގައިވެސް ތަފާސް ހިސާބުތަކުން ދައްކާ ޙަޤީޤަތަކީ އަނބިންނަށް ވުރެ ގިނައިން ފިރިން ޚިޔާނާތްތެރިވާ ކަމެވެ. ނަމަވެސް ފިރިންނަށް ޚިޔާނަތްތެރިވާ އަންހެނުން ހުރިހާ މުޖްތަމަޢެއްގައިވެސް އެކި މިންވަރަށް އުޅެއެވެ. އެކި މީހުން ޚިޔާނާތްތެރިވަނީ އެކި މިންވަރަށް އެކި ގޮތްގޮތަށެވެ. ނަމަވެސް ކޮންމެ ޚިޔާނަތަކީވެސް އެއީ ޝައްކެއްވެސް
ކުދިން ހޯދުމުން ކައިވެންޏަށް އަސަރެއް ކުރޭތަ ؟
- ކަވާސާ . ކޮމް
- 14 ނޮވެމްބަރު 2004
ބައެއްފަހަރު ދެމަފިރިންނަށް ކުއްޖަކުލިބެނީ ކުއްޖަކަށް ބޭނުންވެފައި ތިއްބައެއް ނޫނެވެ. އިންތިޒާރު ކުރެވިފައިނެތް މެހެމާނެއް ގެއަށްއައުމުން ދެމަފިރިންގެ ޒަވާޖީ ހަޔާތް ގަޑުބަޑުވެއެވެ. ނަމަވެސް އެކަމަށް ތައްޔާރުވެގެން ތިއްބައި ކުދިން ލިބުނަސް، މިކަމުގެ ރަނގަޅު ނުވަތަ ނުބައި އަސަރުތަކެއް ކައްވެންޏަށް ކުރާކަމަކީ އެގި ފާޅު ކަމެކެވެ. ކުދިން ލިބުމުން ދެ މީހުންގެ ޒިންމާބޮޑުވެ، ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ ގިނަ ހައްޤުތަކަކަށް ފަރުވާ ކުޑަ ކޮށްލައެވެ. ކުރިން އޭނާގެ ހުރި ޗާލު ކަމާއި ފަރިކަން
އިސްލާމީނަޒަރަކުން ވަރި
- އިސްމާޢީލް ނާޖީ
- 03 އޮކްޓޯބަރު 2004
އިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.
ކާވެންޏަށް ބާރުދޭށެވެ.
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 03 އޮކްޓޯބަރު 2004
ކާވެނީގެ އަހަރީ ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން، ކުރިން ތިބާއާއިމެދު ތިބާގެ ފިރިމީހާ ބަހައްޓާ ފަރުވާތެރިކަމާއި އަޅާލުމާއި ލޯބި، ގެއްލެމުންދާކަން ތިބާއަށް ފާހަގަކުރެވިދާނެއެވެ. މިކަންތައްތައް ހިތަށް އެރުމުން، ނުބައިކޮށްދިޔައީ ކޮންކޮން ކަންތައްތަކެއްތޯ ސުއާލުކުރުމުގެ ބަދަލުގައި، އަމިއްލަ ނަފުސާއިމެދު، އީޖާބީ ނަޒަރަކުން ބެލުން ރަނގަޅުވާނެއެވެ. ނުބައިކޮށްދިޔަ ކަންތައްތަކާއިމެދު ސުއާލުކުރުމުގެ ބަދަލުގައި، މިކަމާއިމެދު ކުރިއަށް އޮތް ތާގައި ކަންތައް ކުރާނީ ކިހިނެއްކަން ދެނެގަންނާށެވެ.
ޖިންސީ ޙަޔާތް ހީވާގިކޮށްލުމަށް ރާއްޖެތެރެއަށް ޖެހިލާށެވެ.
- އާދަމް ފަޔާޒު މުޙައްމަދު
- 01 ސެޕްޓެމްބަރު 2004
ރަށްފުށުގެ ހިސާބަކަށް ދިރިއުޅުން ބަދަލުކޮށްލުމަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެލައްވައެވެ. ނަމަވެސް މީގެ އިތުރު ފައިދާއެއް ވަރަށްފަހުގެ ދިރާސާއަކުން ވަނީ ހޯދިފައެވެ. މި ދިރާސާ ދައްކާ ގޮތުން ރަށްފުށަށް ދިރިއުޅުން ބަދަލުކޮށްލުމުން ޖިންސީ ޙަޔާތަށް އިތުރު އާރޯކަމެއް ލިބިދެއެވެ.
''ކަންޓްރީ ލިވިންގ މެގަޒިން'' ކިޔާ މަޖައްލާއަކުން ނެރުނު އަލަށް ކުރި ދިރާސާއެއް ބުނާގޮތުން، ފެހި ވެއްޓަކަށް ތިމާ ބަދަލުވުމުން ޖިންސީގުޅުން ހިންގުމުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ.
ދެވަނަ އަނބި... ދިރިއުޅުމަށްހުރި ނުރައްކަލެއްބާ!
- ވިންދު
- 21 އޯގަސްޓު 2004
ދެއަންބަށް މީހަކާއިނުމަކީ ސަބަބަކާނުލައި އެއްވެސް މީހަކު ކުރަން ބޭނުންވާނެކަމެއްނޫނެވެ. ޚާއްސަކޮށް އަންހެނަކު، ތިމާގެ ފިރިމީހާގެލޯބީގައި އެހެންމީހަކު ބައިވެރި ކުރާކަށް ނޭދޭނެއެވެ. މިއީޒަމާނުއްސުރެވެސް މިކަން އޮންނަ ގޮތެވެ. އަދިކުރިޔަށްއޮތްތަނުގައި އޮންނާނެ ގޮތްވެސްމެއެވެ. އާދެ އިންސާނީ ތަބީޢަތެވެ. އެއްގޮތަކަށްވެސް ޓީވީއާއި ރޭޑިޔޯގެ ޕްރޮގްރާމްތައް ހަދައި މަޝްވަރާބައްދަލުވުންތައް ބާއްވައިގެން މުޖުތަމަޢު މިކަމާއިދިކޮޅަށް ހޭލުންތެރި ކުރުވަންޖެހޭފަދަ ކަމެއް ކަމެއް ނޫނެވެ.
ކައިވެނި ކުރަން ފިރިހެނުން ބިރުގަނޭ !
- ކަވާސާ . ކޮމް
- 20 ޖުލައި 2004
މީހެއްގެ ދިރިއުޅުމުގައި، ފިރިހެނެއްވިޔަސް އަދި އަންހެނެއްވިޔަސް ، ނަގާނެ އެންމެ މުހިއްމު އަދި އެންމެ ނުރައްކާތެރި ޤަރާރަކީ ކައިވެނި ކުރަން ނަގާ ޤަރާރެވެ. ކައިވެނި ކުރުމުގެ ވަގުތާ، ޢުމުރާ ކައިވެނި ކުރާ މީހާއަކީ ނުބައި ޤަރާރެއްގެ މަތިން އިޚްތިޔާރު ކުރެވުނު ހޮވުމެއްނަމަ އެއީ މުޅި ޢުމުރަށް، ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. ކައިވެނި ރޫޅުމުގެ ސަބަބުތަކުގެ ލިސްޓުގެ ހަމަ އެންމެ ކުރީގާ އޮންނަނީވެސް، ކަވެނި ކުރަން ނެގޭ ޤަރާރު ގޯސް އެއްޗަކަށް ވުމެވެ.
އަންހެނުންވެސް އަރާމުގެ ކުންނަށްދޭތަ؟
- އިސްމާޢީލް ނާޖީ
- 07 މޭ 2004
ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ، މަނި ބޭރުވަނީ ހަމައެކަނި ފިރިހެނުންގެ ތޯ އެވެ؟ އަދި ނިދުމުގެ ތެރޭގައި އިޙްތިލާމް ވަނީވެސް ހަމައެކަނި ފިރިހެނުން ތޯ އެވެ؟ އަދި ޖިންސީ ގުޅުން ހިންގާއިރު، މަނި ބޭރުވާ ވަގުތު ފރިހެނުންނަށް "އަރާމުގެ ކުންނަށް" ދެވޭ ގޮތަށް އަންހެނުންނަށްވެސް ދެވޭތޯ، ވަރަށް ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދެއެވެ.
މީގައި ދެކޮޅަށްވެސް ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. ނަމަވެސް ، އަންހެނުންގެ ވެސް މަނި ނުވަތަ "ފާޑެއްގެ ފެނެއް" ބޭރުވާކަމަށް، ޙަދީޘުތަކަށް ބަލާއިރު އެއިން ދޭހަވެއެވެ.
އަންބަކު އެހެން ފިރިހެނެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއް ؟
- އިސްމާޢީލް ނާޖީ
- 13 މާރިޗު 2004
މީހަކާއި އިދެގެން އުޅޭ އަންހެނަކު، ފިރިމީހާ ނޫން ފިރިހެނެއްދެކެ ލޯބިވުމަކީ ހުއްދަކަމެއްހެއްޔެވެ؟ ހިތަކީ މީހާގެ ބާރުން ބޭރުގައި ވާ އެއްޗަކަށް ވާހިނދު، އޭނާގެ ކުށަކީ ކޮބައި ؟ މިއީ ބައެއްފަހަރު ވަށައިގެން ފެންނަ ކަންތައްތަކަށް ބަލާފައި، އަހަރެންގެ ހިތުތެރޭގައި އުފެދޭ ސުވާލެކެވެ.
ދެން އަހަރެންގެ ހިތަށް އަންނަނީ ފަހުގެ ޢިލްމުވެރިއެއް އަރިއަހުން ، ލޯތްބަކީ ޙަލާލް އެއްޗެއްތޯ ؟ ނުވަތަ ޙަރާމް އެއްޗެއްތޯ ސުވާލު ދެންނެވުމުން ދެއްވި ޖަވާބެވެ. ޖަވާބަކަށް މި ޢިލްމުވެރިއާ ވިދާޅުވީ "ޙަލާލް ލޯތްބަކީ ޙަލާލް އެއްޗެކެވެ. ޙަރާމް ލޯތްބަކީ ޙަރާމް އެއްޗެކެވެ."
ދިވެހިން ބޭރުމީހުންނާއި އިނުން
- އިސްމާޢީލް ނާޖީ
- 04 މާރިޗު 2004
މިފަހުން ރަށަށް ގޮސް ރައްޓެހިންނާއި ދަންނަ މީހުންގެ ޚަބަރުދަބަރު، ކިހިނެއްތޯ މީހުންކައިރިން އަހާލުމުން އެގުނީ ރައްޓެހި ވަރަށް ގިނަ ކުދިން މީހުންނާއި އިދެފިކަމެވެ. ބައެއްކުދިން އިނީ ބޭރުމީހުންނާއެވެ. އަޅުގަނޑާއި އެއް އުމުރެއްގެ ފިރިހެން ކުއްޖަކު މިހާރު އުޅެނީ ޖަރުމަނު އަންހެނަކާއި އިދެގެންނެވެ. ހަމަ އެހެން ރައްޓެއްސެއް ޖަރުމަނު މީހަކާއި އިދެގެން މިހާރު ކުއްޖެއްވެސް އެބައޮތެވެ. ދެން ލިބުނު ޚަބަރަކީ ރިސޯޓެއްގައި މަސައްކަތް ކުރާ، ރަށު އަންހެން
ރާއްޖެއިން އެންމެ ވަރި މަދީ ކޮން އަތޮޅެއްގައި ބާ؟
- އާދަމް ފަޔާޒު މުޙައްމަދު
- 14 ފެބްރުއަރީ 2004
ސުރުޚީގައި އޮތް އެއްޗަކާއިމެދު ނުވިސްނާ އިހަށް މިވާހަކަ އަޑުއަހާބަލާށެވެ.
ޙަޔާތުގެ ބައިވެރިޔާ އާއި އެކު އުފާވެރި ދިރިއުޅުމެއް ވޭތިކުރުމަށްޓަކައި އޭނާގެ ކިބައިގައި ހުންނަން ޖެހެނީ ކޮންކަހަލަ ސިފަތަކެއް ބާވައެވެ؟ މީ ވަރަށް ތަފާތު ޚިޔާލުތައް އެ މައުޟޫއަކާއި މެދު ފާޅު ކުރެވެމުން އަންނަ މައުޟޫއެކެވެ.
ތަފާތު އެކި މުޖުތަމަޢުތަކުގައި އެކި މީސް މީހުން ދެކޭގޮތް ތަފާތު ކަމުގައިވިޔަސް، އެންމެންވެސް އެއްގޮތްވާ ކަންތައްތަކެއް އޮވެއެވެ. އެއީ ފިރިހެނުން އެމީހުންގެ ޙަޔާތުގެ ބައިވެރިއަކަށް ބޭނުންވަނީ އަންހެނެއްކަމެވެ.
ކައިވެނީގެ ފުރަތަމަ ރޭ
- ކަވާސާ . ކޮމް
- 31 ޖަނަވަރީ 2004
ފޮނިއުންމީދުތަކަކަށް މިރޭ ނިމުމެއް އަންނަނީއެވެ. ހަޔާތުގެ ބައިވެރިޔާ އާއިއެކު އާ ހަޔާތެއް ފެއްޓޭތީ އަންހެންކުއްޖާއާއި ފިރިހެން ކުއްޖާވެސް ކައިވެނީގެ ފުރަތަމަ ރޭ ތިބޭނީ ވަރަށް އުފަލުންކަން ޔަޤީނެވެ. އެކަމަކު މިރޭ ދެމީހުންވެސް ވާނީ ހަމައެކަނި އުފަލޭ ބުނުމުން ކުޑަކޮށް ނަމަވެސް ޙަޤީޤަތުން އެއްކިބާވެއެވެ. އެއީ އަލަށް ކައިވެނި ކުރާ ދެ ޒުވާނުން، އަދި ކުރިން ތަޖުރިބާއެއް ކޮށްފައި ނުވާނަމަ، ދެ މުސްކުޅިންނަށް ވިޔަސް، އަލަތު ކައިވެނީގެ ރޭގައި ފާޑެއްގެ ބިރުވެރި ކަމަކާއި ޖެހިލުމެއް، އަދި ލަދުގަންނަ ގޮތްވެސް ދިމާވާނެކަން އެއީ













