ބުދަ, 22 ފެބްރުއަރީ 2012

އާކުރެވުނީ:10:52:00 PM GMT

: ޢާއިލާ

ޢާއިލާ

ދަރިފުޅުގެ ފުރަތަމަ ރޯދަމަސް

furatama-roadaދަރިންނަކީ އަޅުގަޑުމެންގެ ދެލޮލުގެ ފިނިކަމެވެ. އެކުދިން ދުނިޔެއަށް އުފަންވަނީ އެއްވެސް ކުށެއް، ފާފައެއްނެތް ޙާލުގައެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ޙާލުގައިވެސް މެއެވެ. ހަމައެކަނި ކުރަން އެނގޭހާވެސް ކަމަކީ ރުއިމެވެ. މި ދަންނަވާލީ ދަރިފުޅުގެ ޙަޔާތުގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ވާހަކައެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން އަންނަ ވަރަކަށް ތުއްތު ތުއްތު ދަރިފުޅު ބޮޑުވަމުން އާދެއެވެ. ދުވަހެއް ދުވަހަކަށް ދަސްކުރާ ކަންތައްތައްވެސް އިތުރުވެއެވެ. ދަރިފުޅު ބޮޑުވަމުން އަންނަ މާޙައުލުގެ ކަންތައްތައް ވަރަށް އަވަހަށް ނަގައިގަނެ ދަސްކުރެއެވެ. ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތަކެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ތެރެއިންނެވެ.

ކުޑަކުދީންނަށް ފޮތްކިޔައިދިނުމަށް އެހީގެ އަތެއް

kudhinna-foi-kiyaidhinun-eheege-atheiކުޑަކުދިންނަށް ފޮތްކިޔައިދިނުމަކީ، އެކުދިންނަށް އެކުދިންގެ ވަށައިގެންވާ ދުނިޔޭގެ މައުލޫމާތު އިތުރުވެ، ބަސްކޮށާރު މުއްސަނދިވާނެކަމެކެވެ. ފޮތްކިޔައިދޭނަމަ، ކިޔުމަށް ކުދިން ޝައުޤުވެރިވާނެއެވެ. ތަކުރާރުކޮށް ކިޔައިދިނުމުން، ކިޔުމަކީ މަޖާ، ކަމަކަށް ކުދިންނަށްވެއެވެ. ފޮތްކިޔައިދިނުމުގެ ތެރެއިން، ފޮތުގައިވާ، ތަސްވީރުތަކުން ވާހަކަ ދޭހަކުރުމަށް އެހީތެރިވުމާއި ވާހަކައިގައި ފެށުމަކާއި ނިމުމެއް، އޮންނަކަން ކުއްޖާއަށް ދެނެގަނެވެއެވެ.

ކުޑަދަރިފުޅަށް ފޮތްކިޔައިދިނުމާއި ނާނާކިޔައިދިނުން

kuda-dhaifulha-foi-kiyai-dhinunދަރިފުޅާއިއެކު ފޮތްކިޔުމަށް ހަމަހިމޭން ތަނެއް ހޯދާށެވެ. ޓީވީ ނޫނީ ރޭޑިޔޯ ހުޅުވާފައިހުރިނަމަ އަވަހަށް ނިވާލާށެވެ. ފޮތްކިޔައިދެމުންދާއިރު، ފޮތުގައިވާ ތަސްވީރުތަކާއި ބެހޭގޮތުންވެސް ވާހަކަ ދައްކާށެވެ. މިސާލަކަށް، ފޮތުގައިވާ ތަސްވީރުގައި ދޫންޏެއް ކުރަހާފައި އިންނަމަ، ދޫންޏަކާއި ބެހޭގޮތުން ވާހަކަދެއްކިދާނެއެވެ. އަދި ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދޭނެ ފުރުސަތު ދަރިފުޅަށް ދޭށެވެ. ފޮތުގައިވާ ތަސްވީރުތަކުން ފެންނަތަކެތީގެ ނަންބުނުމަށް ދަރިފުޅަށް މާބޮޑަށް ބާރުނާޅާށެވެ. ނަމަވެސް ކިޔައިދިން ބަސް، ދަރިފުޅު ތަކުރާރުކޮށްފިނަމަ، އެކަން ފާހަގަކޮށް ހިތްވަރުދޭށެވެ.

އ - ا

އ  ބ  ތ  ޘ  ޖ  ޙ  ޚ ދ  ޛ  ރ  ޒ   ސ  ޝ  ޞ  ޟ  ޠ  ޡ  ޢ  ޣ  ފ  ޤ  ކ  ލ  މ  ނ  ހ  ވ  ޔ

އާސިޔާ : ފިރިޢައުނުގެ ދަށުގައި ހުންނެވި ޞާލިޙް އަނބިކަނބަލުން، އެ ކަމަނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރެވިފައިވެއެވެ. / ފަރުވާދޭ އަންހެނާ / މުޑި

އާޞާލް : ޢަޞްރާއި މަޣްރިބާއި ދެމެދުގެ ވަގުތު

އާލާ (އު) : ނިޢްމަތްތައް

އާމާލް : އަމަލް ގެ ގިނަ ގޮތް، މާނައަކީ އުއްމީދުތައް / އެދޭ އެދުން

އާނާ (އު) : ވަގުތު ( މިސާލަކަށް އާނާއު އައްލައިލް ގެ މާނައަކީ ރޭގަނޑުގެ ވަގުތުގައި)

އާނާ (އު) : އަނާއުގެ އެހެން މާނައެއް. މާނައަކީ، ރުޅިމަޑުކަން

އާނިސާ : އޭނާއާއި އެކުގައި އުޅޭ މީހާގެ އެކަނިވެރިކަން ފިލައިދާ މީހާ / އެކުވެރިޔާ / ބައިވެރިޔާ / މުނިއަވަސް ފިލުވައިދޭ މީހާ

ހ - ه

އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ

ހާޖަރް : އިބްރާހީމްގެފާނުގެ އަނބިކަނބަލުންގެ ނަންފުޅު

ހާޖިރް : އެހެން މީހުންނަށްވުރެ މޮޅު ، ފާހަގަ ކުރެވޭ / އިރުމެދު ޖެހޭ ވަގުތު

ހާދިޔާ : މަގުދައްކައިދޭ މީހާ

ހާދިއާ : މަޑުމައިތިރި / ހިމޭންކަން

ހާލާ : ހަނދު ނުވަތަ އިރުގެ އަލީގެ ވަށައިގެންވާ ވަށްބުރު

ހާމާ : ކޮންމެ އެއްޗެއްގެވެސް ބޯ ނުވަތަ ކުރި / ބައެއްގެ ވެރިއަކަށް އިސްވެ ހުންނަ މީހާ

ދ - د

އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ

ދާލިޔާ : މޭބިސްކަދު ވެޔޮ ނުވަތަ ގަސް

ދާނާ : އިތާ މުތް

ދާނިޔާ : ކައިރި، ގާތް

ދަރްދާ(އު) : ދަތްވެއްޓިފައިވާ ކުއްޖާ ނުވަތަ މީހާ

ދުއްރު : އިތާ މުތް

ދުއްރާ : އިތާ މުތެއް

ޢ - ع

އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ

ޢާއިދާ : އެނބުރި އަންނަމީހާ / ތައުބާވާމީހާ / ބަލިމީހާއަށް ޒިޔާރަތްކުރާ މީހާ

ޢާއިޝާ : ކީރިތި ރަސޫލާގެ އަނބިކަނބަލެއްގެ ނަންފުޅު / ދިރުމެއްގެ ވެރި / ޙަޔާތް / ރަނގަޅު ފަސޭހަ ދިރިއުޅުމެއް އުޅޭ މީހާ

ޢާބިދާ : އަޅުކަންކުރާ މީހާ

ޢާތިކާ : ދީލަތި / ކުލަތަކުގެ ތެރެއިން އޭގައި އެއްވެސް ގަޑުބަޑުކަމެއްނެތް ސާފު ކުލަ / ވަރަށް ގިނައިން އަތަރު ބޭނުން ކުރާ އަންހެނާ

ޢާދިލާ : ޢަދްލުވެރިޔާ

ޢާރިފާ : އެނގޭމީހާ / ދަންނަ މީހާ

ޢާޞިފާ : ގަދަވައި

ބ - ب

އ ބ ތ ޘ ޖ ޙ ޚ ދ ޛ ރ ޒ ސ ޝ ޞ ޟ ޠ ޡ ޢ ޣ ފ ޤ ކ ލ މ ނ ހ ވ ޔ

ބާސިލާ : ހިތްވަރުގަދަ އަންހެންކުއްޖާ

ބާސިމާ : ހިނިތުންވާ މީހާ

ބާދީ : އެއްޗެއްގެ ފުރަތަމަ / ވިސްނުންތެރި

ބާހިރާ : އަލިގަދަ / މޮޅު / ރީތި

ބާނާ : އިސްތިވާއީ ސަރަހައްދުގައި ހެދޭ ރީތި ދިގު ގަހެއް . (އަންހެނުންނަށް މި ނަން ނިސްބަތްކޮށް

ސިފަކުރެވެނީ، އެ ކަނބަލުންގެ އިސްކޮޅާއި ބައްޓަން ރީއްޗޭ ބުނުމުގެ ގޮތުން)

ބަތުލާ (އ) : ޖެހިލުން ނުވާ ޢަޒުމްވަރުގަދަ އަންހެނާ

މުދައްރިސްގެ ފަރާތުން ބެލެނިވެރިޔާއަށް

mudharris_beleniveriyaaމިއަހަރުގެ ފުރަތަމަ ޓާމްގެ އިމްތިޙާނު މިހާރު މިއޮތީ ބޯމަތިވެފައެވެ. އިމްތިޙާނު އެއީ ތަފާތުކޮށް ކުދިންނަށް އަސަރުކުރުވާ އެއްޗެކެވެ. ބައެއް ކުދިން މާބޮޑު ހާސްކަމެއްނެތި އިމްތިހާނު ރަގަޅަށް ހަދާ ނިންމާލައެވެ. އަނެއްބައި ކުދިންނަށް އިމްތިޙާނު އެއީ ބިރަކަށް ވެދެއެވެ. ހަމަ މިގޮތަށް ބައެއް ބެލެނިވެރިންނަށް ވެސް އިމްތިޙާނު އެއީ ހާސްކަމާއި ކަންބޮޑުވުން އުފައްދާ އެއްޗަކަށް ނޫނީ ނުވެއެވެ. ދަރިފުޅު ލައްވާ ރަގަޅަށް އިމްތިޙާނު ހެއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން ޢަމަލުކުރެވިދާނެ ސާދަ ނުކުތާއެއް ތިޔަ ބެލެނިވެރިޔާއަށް ހުށަހަޅާލަމެވެ. މިނޫނަސް މި ކަމުގައި ކުރެވިދާނެ އިތުރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ.

ޒުވާނުންނޭވެ...!

zuveenun-neveހުރިހާ ޖަނަވާރެއްގެ ތެރޭގައި ވެސް، ފިރިހެން ޖިންސުގައި، އޭގެ އަންހެންޖިންސާ މެދު ވަރަށް މަތިވެރި ޣީރަތްތެރިކަމެއް ލައްވާފައި ވާކަމުގައި ވެއެވެ. ނަމަވެސް އޫރަކީ މިއިން އިސްތިސްނާވާ ޖަނަވާރެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ކޮންމެއަކަސް، ފިރިހެނުންގެ ހިތުގައި އަންހެނުންނާ މެދު އެ އޮންނަ

ޣީރަތަކީ، އެއީ ފިތުރީ ޠަބީޢީ ކަމެކެވެ. އެކަން ތަހުޒީބު ހުދޫދެއްގެ ތެރޭ ވާނަމައެވެ.

ޒުވާން ފިރިހެންކުދިން ހިމެނޭ އެކި ގުރޫޕުތަކުގެ މެދުގައި އެތައް ފަހަރަކު، ތަޅާފޮޅުމާއި، ލޭއޮހޮރުވުމުގެ

ރީތީގެ ރާނީއަކާ ކައިވެނި ނުކުރާތީ!

reethee-ge-raanee-akaa-kaiveniއަހަރެންގެ ދުވަސްވީ ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭރު އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން ދެނެގަންނަން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް އުޅޭހެންވެސް ހީވިއެވެ. އެހެންވެ، ވެގެން އުޅޭގޮތެއް ކިޔައި ދިނުމަށް އެދުނީމެވެ. ޖަވާބުގައި ބުނީ އެއްވެސް ކަމެއް ނުވާކަމަށެވެ. ދެން ބުނީ ބުނަން ޖެހިލުންވާ ކަމަށެވެ.

ބުނަން ފަސްޖެހުމަށް ފަހު އެންމެފަހުން ބުންޏެވެ. ''ތީ އަހަރެންގެ އިތުބާރު ހުރި ގާތް ރަޙްމަތްތެރިއަކަށް ވާތީ މި ބުނަނީ... އަދި ކަލޭގެ މަޝްވަރާއަކީ މިކަހަލަ ކަންތަކުގައި ރަނގަޅު

ދަރިންގެ ހިތުގައި ނަމާދުކުރާ ހިތްޖެއްސުން

kudakudhin-namaadhu-kurunދަރިން ތަރުބިއްޔަތުކޮށް ދީންވެރި ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޤިޔާމަތް ދުވަހު އެކަމާމެދު ސުވާލު ކުރެވޭނެކަމެއްވެސް މެއެވެ. ކަން މިހެން އޮތް އިރު ކުއްޖަކު ތަރުބިއްޔަތު ކުރުމާއެކު ދީނަށް ލޯބި ކުރާ ކުއްޖަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ ކަމަކީ، ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެނެނެވުމެވެ. ތިރީގައި މި ބަލާލަނީ ކުދިންގެކިބައިގައި ނަމާދު ކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެ ބައެއް ކަންތަކަށެވެ.

ދަރިފުޅު މަދަރުސާއަށްދާ ފުރަތަމަ ދުވަސް

furathama_dhuvas-dhivehiތުއްތުކުދިންގެ ޕްރީ ސުކޫލަކުން ވަރަށް ބާރަށް ކުދީން ރޯ އަޑު އިވެމުން ދިޔައެވެ. ހަނދާންވަނީ އެއީ މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގެ ދުވަހެއް ކަމަށެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު އެ ސުކޫލްގެ ކިޔެވުން ފެށުނުދުވަހެވެ. ބައެއް ބެލެނިވެރިން ގެއަށް ދާންނުކެރިފައި ސުކޫލްގެ ގޭޓްކައިރީ، ކުލާސްރޫމް ފެންނަ ހިސާބުގައި ތިއްބެވެ! ދަރިފުޅު ރޯތީއެވެ. ނަމަވެސް މިއީ މަދަރުސާގެ ފުރަތަމަ ދުވަހަށް ދަރިފުޅު ދުރާލާ ތައްޔާރުކުރުވަނިކޮށް ހައްލުކުރެވިދާނެކަމެކެވެ.

ޚިޔާނާތްތެރި ވުން އަދި އޭގެ ސަބަބުތައް.

khiyaanaithervunކައިވެނީގައި ގިނަފަހަރަށް ޚިޔާނާތްތެރި ވަނީ ފިރިންނެވެ. އަދި ހުރިހާ މުޖްތަމަޢެއްގައިވެސް ތަފާސް ހިސާބުތަކުން ދައްކާ ޙަޤީޤަތަކީ އަނބިންނަށް ވުރެ ގިނައިން ފިރިން ޚިޔާނާތްތެރިވާ ކަމެވެ. ނަމަވެސް ފިރިންނަށް ޚިޔާނަތްތެރިވާ އަންހެނުން ހުރިހާ މުޖްތަމަޢެއްގައިވެސް އެކި މިންވަރަށް އުޅެއެވެ. އެކި މީހުން ޚިޔާނާތްތެރިވަނީ އެކި މިންވަރަށް އެކި ގޮތްގޮތަށެވެ. ނަމަވެސް ކޮންމެ ޚިޔާނަތަކީވެސް އެއީ ޝައްކެއްވެސް

ކުދިން ހޯދުމުން ކައިވެންޏަށް އަސަރެއް ކުރޭތަ ؟

kudhin-hoadhumun-kaavenna-asarukureythaބައެއްފަހަރު ދެމަފިރިންނަށް ކުއްޖަކުލިބެނީ ކުއްޖަކަށް ބޭނުންވެފައި ތިއްބައެއް ނޫނެވެ. އިންތިޒާރު ކުރެވިފައިނެތް މެހެމާނެއް ގެއަށްއައުމުން ދެމަފިރިންގެ ޒަވާޖީ ހަޔާތް ގަޑުބަޑުވެއެވެ. ނަމަވެސް އެކަމަށް ތައްޔާރުވެގެން ތިއްބައި ކުދިން ލިބުނަސް، މިކަމުގެ ރަނގަޅު ނުވަތަ ނުބައި އަސަރުތަކެއް ކައްވެންޏަށް ކުރާކަމަކީ އެގި ފާޅު ކަމެކެވެ. ކުދިން ލިބުމުން ދެ މީހުންގެ ޒިންމާބޮޑުވެ، ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ ގިނަ ހައްޤުތަކަކަށް ފަރުވާ ކުޑަ ކޮށްލައެވެ. ކުރިން އޭނާގެ ހުރި ޗާލު ކަމާއި ފަރިކަން

ޖިންސީ ޙަޔާތް ހީވާގިކޮށްލުމަށް ރާއްޖެތެރެއަށް ޖެހިލާށެވެ.

maldives island lifeރަށްފުށުގެ ހިސާބަކަށް ދިރިއުޅުން ބަދަލުކޮށްލުމަކީ ޞިއްޙީގޮތުން ވަރަށް ފައިދާހުރި ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެލައްވައެވެ. ނަމަވެސް މީގެ އިތުރު ފައިދާއެއް ވަރަށްފަހުގެ ދިރާސާއަކުން ވަނީ ހޯދިފައެވެ. މި ދިރާސާ ދައްކާ ގޮތުން ރަށްފުށަށް ދިރިއުޅުން ބަދަލުކޮށްލުމުން ޖިންސީ ޙަޔާތަށް އިތުރު އާރޯކަމެއް ލިބިދެއެވެ.

''ކަންޓްރީ ލިވިންގ މެގަޒިން'' ކިޔާ މަޖައްލާއަކުން ނެރުނު އަލަށް ކުރި ދިރާސާއެއް ބުނާގޮތުން، ފެހި ވެއްޓަކަށް ތިމާ ބަދަލުވުމުން ޖިންސީގުޅުން ހިންގުމުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ.

ނަން ހޯއްދެވުމުގެ ކުރިން..

ކަވާސާ.ކޮމް، އިން ތައްޔާރުކޮށްފައިވާ މި ޞަފްޙާއަކީ، ތިޔަބޭފުޅުންގެ ލޮބޮވެތި ކޮއިފުޅުންނަށް ރީތި ނަމެއް އިޚްތިޔާރު ކުރެއްވުމުގައި އެހީތެރިވުމުގެ ގޮތުން ހެދިފައިވާ ބައެކެވެ. ވީމާ މި ނަންތަކުގެ ތެރެއިން، ތި ބޭފުޅުންނަށް ރީތި ނަމެއް ފެންންނާނެ ކަމަށް އުއްމީދުކުރަމެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް ހުރިހާ ނަމެއްގެ މާނަ މި ޞަފްޙާތަކުގައި ހިމެނުމަކީ ދަތިކަމެކެވެ. އެހެންވެ މިތާ  ނެތް ވަރަށް ރީތި ނަންވެސް ހުރެދާނެއެވެ. އަމިއްލަ ނަމުގެ މާނަ އެނގިލައްވާ ބޭފުޅުން، އަދި ނަމެއްގެ މާނަ އެނގިލައްވާ ބޭފުޅުން، އެ ނަން ފޮނުއްވުން އެދެމެވެ. އޭރުން އަޅުގަނޑުމެންގެ މި ޞަފްޙާއަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމާމެދު ޝައްކެއް ނެތެވެ.

* މިސާލަކަށް 'އައިމަން' ކަހަލަ ބައެއް ނަންނަމަކީ ދެ ޖިންސަށް ކިއިދާނެ ނަންނަމެވެ. މިހެންވެ ދެ ބައިގައިވެސް މިފަދަ ނަންތައް ހިމަނާފައި ވާނެއެވެ. ބޮޑަށް މުނާސިބީ ކޮން ޖިންސަކަށް ކިޔަންކަން ނިންމެވުން، އެއީ ތި ބޭފުޅުންނަށް ދޫކޮށްލެވިފައިވާ ކަމެކެވެ.

* މިފަހުން އާ ނަންތަކެއް ޖެހިއިރު، ފާރިސީ އުރުދޫ ބައެއް ނަންތައް ވެސް ހިމަނާފައިވާނެއެވެ. ފާރިސީ، އުރުދޫ ނަމަކީ ވެސް މުސްލިމުންނަށް ކިޔާ ނަންތަކަށް ވާތީ، ދިވެހިން ޒަމާނުއްސުރެ މި ދެބަހުން އައިސްފައިވާ ނަންތައް ކުދިންނަށް ކިޔައިއުޅެއެވެ.

* ނަމަކަށް ކިޔަން ކަމުނުދާ މާނަ ހިމެނޭ ބަސްތައް ވެސް މަދު މަދުން މީގައި ހުންނާނެއެވެ. އޭގެ ބޭނުމަކީ، މީހުންނަށް އެ ލަފްޒުތަކުގެ މާނަ ހާމަކޮށްދިނުމެވެ.

* ނަންތައް ބެއްލެވުމުގެ ކުރިން އަންނަނިވި ނުކުތާތަކާއި ރަމްޒުތަކަށް ސަމާލުކަން ދެއްވުން މުހިއްމެވެ.

/ = އެއްބަހެއްގައި ހިމެނޭ ގިނަ މާނަތަކެއް.

(އ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، ކުރުއަލިފަކުން ކަން ބަޔާންކުރަން. މިސާލަކަށް ޢަލްޔާ(އ)

(ތ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، އަކުރުކޮޅުތާ އަކަށް ކަން ބަޔާންކުރަން. މިސާލަކަށް ނަޢްމާ(ތ)

(ޔ) = ނަން ނިމެނީ ކޮން އަކުރަކަށް ކަމާމެދު ޝައްކުވެދާނެ ޙާލަތެއްގައި، ޔާ  އަކަށް ކަން ބަޔާންކުރަން. މިސާލަކަށް ނަޖްވާ (ޔ)

 

 

 

 

ޞަފްޙާ 1 ގެ 5

.

 

 

.